ލިއުނީ : ގޮމަ

ލަންދޫގެ ތާރީޚްގައި މިހާތަނަށް އުފެދުނު އެންމެވަރުގަދަ މިޔުޒިކް ބޭންޑް ކަމުގައިވާ "ލެޒާޖް ބޭންޑް" އަނެއްކާވެސް މިއަންނަ ބޮޑުޢީދުގައި އެނބުރި ސްޓޭޖަށް ނުކުންނަނީއެވެ.
" ލެޒާޖް ބޭންޑް" އަކީ ލަންދޫގެމެދުޢުމުރުފުރާގެ މީހުން އިސްވެ ޙަރަކާތްތެރިވަމުން އަންނަ ބޭންޑޭކެވެ. މިބޭންޑްގެ އެންމެ ފާހަގަކޮށްލެވޭ ލަވަކިއުންތެރިންނަކީ މުޅިރަށަށް މަޝްހޫރު ޢަބުދުއްރައްޒާޤު ޙުސެއިން އާއި ، ޢަބުދުއްރަހީމް ޢަބުދުއްރަހީމް އާއި ، ޖަމާލު އައްޔޫބާއި އަދި ޙައްވާ ދާއޫދެވެ. އަދި މީގެ އިތުރުންވެސް ބައެއްފަންނާނުން ހިމެނެއެވެ.
މިއަހަރުގެ އުފާވެރި އަލްހާޢީދު ކުލަގަދަގޮތެއްގައި ފާހަގަކުރެއްވުމަށްޓަކައި " ލެޒާޖް ބޭންޑް "ގައި ހިމެނިލައްވާ ހުރިހާމެމްބަރުން މިހާރުންފެށިގެންދަނީ ތައްޔާރުވަމުންނެވެ. މިގޮތުން ލެޒާޖް ބޭންޑުން އިސްނަގައިގެން ދަނޑިޖެހުން ފަރިތަކުރަމުން ގެންދާތާ ހަފްތާއެއްހާދުވަސް ވެއްޖެއެވެ. މިފަހަރު ދަނޑިޖެހުން ފަރިތަކުރުން ގެންދިއުމުގައި އިސްވެޙަރަކާތްތެރިވެލައްވަނީ ނ.ލަންދޫ ރަންކޮކާގެ އަލްފާޟިލް ޖަމާލު އައްޔޫބެވެ.
މިދަނޑިޖެހުން ފަރިތަކުރުމުގައި އިސްވެޙަރަކާތްތެރިވެލައްވާ ލެޒާޖް ބޭންޑްގެ އިސްމެމްބަރެއްކަމުގައިވާ ނ.ލަންދޫ ދިލާސާގެ އަލްފާޟިލް އަބޫބަކުރު ޙުސެއިން ހާމަކުރައްވާ ގޮތުގައި މިފަހަރުގެ ބޮޑުޢީދުގައި މެދުޢުމުރުގެ މީހުންގެ ވަރަށްގިނަޙަރަކާތްތަކެއް ފެނިގެންދާނެއެވެ. ސްޓޭޖް ޙަރަކާތްތަކާއި އަދި ސްޓޭޖުން ބޭރުޙަރަކާތް ތަކެވެ.
ލަނދޫއިންފޯއަށް މަޢުލޫމާތުދެއްވަމުން ދިލާސާގެ ބަކުރުބެ ހާމަކުރެއްވިގޮތުގައި މިފަހަރު ޚާއްޞަދައްކާލުމެއްގެ ގޮތުގައި ޖަމާލު އައްޔޫބުގެ " ކުޑަވުން " ވެސް ފެނިގެންދާނެއެވެ.
1 comment:
i am from http://mathaaranfila.blogspot.com/
thanx form ur comment.
i am trying to call u.
ur blog also very nice and u can improve somany things.
Post a Comment