ތަރައްޤީވަމުން އަންނަ ޤައުމުތަކުގެފެންވަރަށް މިޤައުމުގެ ރައްޔިތުން ކުރިއަރާފައިވާ ކަމުގައި އަންނި ވިދާޅުވެއްޖެ.

މާލޭގެ ހެދިގޮޑުދޮށް ސަރަޙައްދުގައި އިއްޔެރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ގިނަބަޔަކު މިފަހަރުގެ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓުދެއްވުމަށް ނިންމި ނިންމުމަށް އިޝާރާތްކުރައްވަމުން ނެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި ރާއްޖޭގެ ރައްޔިތުންނަކީ ޑިމޮކްރަސީއަށް ފައްކާވެފައި ތިބި ރައްޔިތެކެވެ. އަދި މިފަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެއްވުމަށް ކުރެއްވުނުމަސައްކަތާއި އެމަސައްކަތް ތައް ގެންދެވުނު ގޮތުގެ ކާމިޔާބީގެ މައްޗަށް އިޝާރާތްކުރައްވަމުން ، ދިވެހިރައްޔިތުންނަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ހަމައެއާއި އެކު މިކަމަށް ޓަކައި ރައްޔިތުންނަށް އެމްޑީޕީއިން ހުށަހެޅި މެނިފެސްޓޯގައިވާ ކަންތައްތައްވެސް މިބައްދަލުވުމުގައި އެމަނިކުފާނު ފާހަގަކުރެވިއެވެ.
މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިތުރަށް ނަޝީދު ވިދާޅުވީ އެމްޑީޕީއިން ރައްޔިތުންނަށް ކޮށްދެއްވުމަށް ވަޢުދުވެފައިވާ ކަންތައްތައް ކޮށްދެއްވުމަށް އެމަނިކުފާނުގެ ސަރުކާރެއްގައި އެކަންކަން އަސްލަކަށް ހައްދަވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް ދެއްވާކަމުގައެވެ. ނަމަވެސް އެންމެ ފުރަތަމަ ވެރިކަމާ ޙަވާލުވެވަޑައިގަންނަވާ ސަރުކާރު އޮންނާނީ އެންމެ އެދެވޭ ގޮތުގައި ނޫންކަމަށް އެމަނިކުފާނު ގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ޕާލަމެންޓްރީ އިންތިޚާބުގެ މުހިއްމުކަމުގެ މައްޗަށްވެސް ނަޝީދު އަލިއަޅުއްވާލެއްވިއެވެ. އެމަނިކުގެ ވާހަކަފުޅު އިތުރަށް ކުރިއަށް ގެންދަވަމުން ވިދާޅުވީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ކަންތައް ތައް މިނިވަންކަމާއި އޮމާންކަމާއި ، އަމާންކަމާއި އެކު ނިމިގެންދިޔައީ މިނިވަން މުސްތަޤިއްލު އެލެކްޝަންސް ކޮމިޝަނެއް ޤާއިމް ވެފައި އޮތުމުން ކަމަށެވެ.
No comments:
Post a Comment