Saturday, August 16, 2008

ޑޮކްޓަރ ޙަސަން ސަޢީދު ލަންދުއަށް

ލިޔުނީ : އަޙްމަދު ދާއޫދު

ޙަސަން ސަޢީދު ލަންދޫ ވައްގޭގައި ( ފޮޓޯ : ޔޫއްޓޭ )ސ


ކުރީގެ ބަންޑާރަ ނައިބު ޑރ.ޙަސަން ސަޢީދު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެންޕެއިން ދަތުރުފުޅުގައި ނ.އަތޮޅުގެ ގިނަރައްތަކަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިދިޔަ ހުކުރުދުވަހު ލަންދޫއަށްވެސް ވަޑައިގަންނަވައިފިއެވެ. ލަންދޫގެ ގިނަޢަދަދެއްގެ ޒުވާނުން ޑރ.ޙަސަން ސަޢީދު ވަޑައިގެންނެވި ތަނަށް އަތިރިމައްޗަށް ދިޔައެވެ.
ލަންދޫ ސަފާރީގެ މަހަމޫދު މުޙައްމަދު ލަންދޫޒުވާނުންނައި ބައްދަލުކޮށްލަން ބޭނުންވާތީ ވައްގެއަށް ޙާޟިރުވުމަށް އެދި ހުކުރުދުވަހު ހެނދުނު ރަށުއޮފީހުގެ ލައުޑުސްޕީކަރުން ، ގޮވާފާ ވެއެވެ. ފަހުން އެނގުނުގޮތުގައި މިއީ އެދުވަހުގެ ހެނދުނު 9:45 ގައި ޑރ.ޙަސަން ސަޢީދު ލަންދުއަށް ވަޑައިގަންނަވާތީ އެބޭފުޅާގެ ވާހަކަފުޅު އަޑުއެހުމަށް ޒުވާނުންނާއި ރައްޔިތުން އެއްކުރުމުގެ ގޮތުން ކުރިކަމެއްކަމަށް ވަނީ އެނގިފައެވެ.
އެތަނަށް ޙާޟިރުވި ގިނަމީހުން ޑރ.ޙަސަން ސަޢީދު ބައްދަލުކޮށް ސަލާމް ކޮށްވެސް ހެދިއެވެ. އަދި ބައެއްމީހުން އެކިކަންމަށް އެދި ހަސަން ސަޢީދަށް ހުށައެޅިއެވެ. އެގޮތުން މިހާރު ލަންދޫގެ ބަދަރުސަރަހައްދުގައި އަލަށް ހަދާ ހޮޅުއަށްޓަށް އެހީއެއް ވެދޭތޯ ރައްޔިތުންގެ ނަމުގައި އެދުނެވެ. ޖަވާބުގައި ޑރ.ޙަސަން ސަޢީދު ވިދާޅުވީ އޭނާ ވަޑައިގަތީ ފައިސާ ދޭން ނޫންކަމަށާއި ހަމައެކަނި ރައީސްކަމަށް ކުރިމަތި ލެއްވިކަން މިރަށުގެ ރައްޔިތުންނަށް ހާމަކޮށް ދީ ސިޔާސަތު ހާމަކޮށްދިނުމަށް ކަމަށެވެ. އަދި ފައިސާގެ އެހީއަށް އެދެން ރަގަޅުވާނީ ބުރުމާ ގާސިމް ވަޑައިގަންނަވާ ދުވަހުކަމަށްވެސް ވިދާޅުވިކަމަށް ވެއެވެ.
ކޮންމެއަކަސް ރައްޔިތުން މިއެދުނު އެދުމުގެ މަތިން ޒުވާނުނަށް -/500 ރ. އަދި ހޮޅުއަށްޓަަަށް -/2500 ރ. ދެއްވިކަމަށް ލަންދޫއިންފޯއަށް މަޢުލޫމާތު ލިބިފައިވެއެވެ. ނަމަވެސް މިފައިސާ ދެއްވީ ޑރ.ޙަސަން ސަޢީދު ނޫންކަމަށާއި ، ފައިސާދެއްވީ އެދަތުރުފުޅުގައި ހަސަން ސަޢީދު އާއި އެކު އުޅުއްވާ ކުޑަފަރި އަޝްރަފް ޢަބުދުއްރަޙީމް ކަމުގައި ، މިފައިސާ ހޯދުަމަށް އެތަނަށް ދިޔަ އެކަކުކަމުގައިވި ލަންދޫ އަޅިވިލާގެ ޙަސަން ޙުސެއިން ލަންދޫއިންފޯއަށް މަޢުލޫމާތު ދެއްވިއެވެ.
ޙަސަން ސަޢީދުގެ ދަތުރުފުޅުގެ ކަންތައްތައް ލަންދޫގައި ހަމަޖެއްސުމުގައި އެންމެ އިސްކޮށް އުޅުއްވީ ސަފާރީގެ މަޙަމޫދު މުޙައްމަދު ކަމުގައި ލަންދޫއިންފޯއަށް ވަނީ ކަށަވަރުވެފައެވެ.

No comments: