ލިޔުނީ : އަޙްމަދު ދާއޫދު

މަސްޖިދުލް ބަރަކާތު ( ފޮޓޯ ؛ އަންމަޑޭ )ސ
ރަމަޟާން މަހަށް ތައްޔާރު ވުމުގެ ގޮތުން ރަށުގެ މިސްކިތްތައް ކުލަޔާއި ދަވާދުލައި ޒީނަތްތެރި ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އަދި މިމަސައްކަތްތައް ނިމެންދެން ލަންދޫ ހުކުރުމިސްކިތުގައި ވަގުތީގޮތުން ނަމާދު ކުރުން ހުއްޓާލައިފި ކަމަށް ލަންދޫ އޮފީހުން އިޢުލާން ކުރައްވައިފިއެވެ. އެހެންކަމުން ދެން މަސައްކަތްތައް ނިމެންދެން ފިރިހެނުންވެސް ނަމާދުކުރާނީ އަންހެނުން މިސްކިތް މަސްޖިދުއްނަޞުރުގައި ކަމަށް ވެސް މިއިޢުލާންގައިވެއެވެ. ނަމަވެސް ހުކުރު ކުރަނީ ހަމަ ކުރިއެކޭވެސް އެއްގޮތަށް މަސްޖިދުއްލުބާބުގައި ކަމަށްވެސް ލަންދޫއޮފީހުން މިއިޢުލާންގައި ހާމަކުރައްވާފާ ވެއެވެ.
އެސްޓީމޭޓްގެ އުސޫލުން މުޅިރަށަށް އިޢުލާންކޮށްގެން މިމަސައްކަތް ތަކާއި ރަށުގެ އެކި ގްރޫޕްތައް ޙަވަލުވެގެން ވަރަށް ހަލުވިކަމާއި އެކު މަސައްކަތް ކުރިއަށް އެބަގެންދެއެވެ.
މިމަސައްކަތާއި ހަވާލުވެގެން އެއްފަރާތް ކަމުގައިވާ ލަންދޫ ހީނާވިލާ ޢަބުދުއްރައްޒާޤު އާއި ލަންދޫއިންފޯއިން މަޢުލޫމާތު ހޯދާލުމުގެ ގޮތުން ސުވާލުކޮށްލުމުން އޭނާ ބުނީ އަތިރީ މިސްކިތުގެ ކުލަދަވާދުލުމުގެ މަސައްކަތާއި ޙަވާލުވީ -/4600 ރ. އަށް މިމަސައްކަތްކުރާގޮތަށްކަމަށެވެ. އޭނާއާއި އެކު އެމަސައްކަތުގައި ދެން ބައިވެރިވަނީ ލަންދޫ ވައިޖެހޭގެ އަޙްމަދު އިބްރާހީމް ( ޠާމާ އަޙަންމަދު ) އެވެ.
ހުކުރު މިސްކިތުގައި ކުލަދަވާލުމުގެ މަސައްކަތް ކުރަނީ ކާކުތޯ އަހާލުމުން ޢަބުދުއްރައްޒާޤު ބުނީ އެމަސައްކަތް ކުރަނީ -/6000 ރ. އަށް ލަންދޫ ޖައްވު އިބްރާހީމް ޒަކަރިއްޔާ ކަމުގައެވެ. އެމަސައްކަތުގައި އިތުރު އެހެންމީހަކު އުޅޭކަމުގެ މަޢުލޫމާތު ލަންދޫއިންފޯއަށް އަދި ލިބިފައެއް ނެތެވެ.
ލަންދޫއިންފޯއަށް މަޢުލޫމާތު ލިބިފއިވާ ގޮތުގައި މިސްކިތުގައި ކުލަލުމުގެ މަސައްކަތަކީ ވަރަށްކުރިންވެސް ރޭވި ރަމަޟާން މަސްއައުމުގެ ކުރިން ނިންމާގޮތަށް ލަންދޫއޮފީހުން ކަނޑައޅާފައިވާ ޕްރޮޖެކްޓެކެވެ. ލަންދޫއިންފޯއިން އުންމީދުކުރަނީ މިސްކިތްތަކުގައި ކުލަޔާއި ދަވާދު ލުމުގެއިތުރުން މިސްކިތްތަކުގައި މިހާރުން މިހާރަށް ކުރަންހުރި އެހެނިހެން މަރާމާތުތައްވެސް ލަސްނުކޮށް އަވަސްފުރުޞަތެއްގައި ކުރެވިގެން ދާނެކަމަށެވެ. އެގޮތުން މަސްޖިދުއްލުބާބުގެ ވަށާފާރަކީ މިހާރު ހުރިހާލަތަށް ވިސްނާއިރު މިޒަމާނަށްނުފެތޭ މިންވަރަށް ބައުވެފައިވާ ވަށާފާރެއްކަންވެސް ލަންދޫއިންފޯއިން ފާހަގަކުރަމެވެ .

No comments:
Post a Comment