ފޮޓޯ : ލައިބް
ނ.ލަންދޫ މާހާ މުޙައްމަދު ޢަބުދުﷲ އާއި ، އޭނައިގެ އެކުވެރިން މިދިޔަ ހުކުރުދުވަހު ކުއްލިގޮތެއްގައި ލަންދުއަށް އައުމުން ލަންދޫ ޖެޓީމަތިން އޭނާއަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. ވަރަށްކުއްލި ގޮެތެއްގައި މުޙައްމަދު ޢަބުދުﷲ ލަންދުއަށް އަންނަކަމުގެ މަޢުލޫމާތު ލަންދޫއަށް އިންފޯއަށް ލިބުމުން މިކަމާ ބެހޭ އިތުރުމަޢުލޫމާތު ހޯދާލުމަށް ރަށުގެ ރައްޔިތުންގެ ތެރެއިން ދެތިންމީހަކާ ސުވާލުކޮށް ލުމުން އެނގުނީ މުޙައްމަދު ޢަބުދުﷲ އާއި އޭނައިގެ ބައިވެރިން ކުއްލިގޮތެއްގައި ލަންދުއަށް މިޖައްސާލަނީ ލަންދޫ ކަތީބު އަލްފާޟިލް ޙަސަން ނަޞީރު އަނެއްކާވެސް ލަންދޫ ކަތީބު ކަމާއިގެން ލަންދުއަށް ދުރުވެ ލަންދޫއޮފީސް ހިންގުމާއި ޙަވާލުވެލެއްވުމާއި ގުޅިގެން އެކަން ފާހަގަކޮށް އެކަމުގެ އުފާފައުޅުކުރުމަށެވެ.
ލަންދޫއިންފޯއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނަޞީރު ލަންދޫކަތީބު ކަމުން ދުރުކުރުމަށް ލަންދޫގައި އުފެދުނު ޙަރަކާތުގެ އެންމެ އިސްބޭފުޅެއްގެ ގޮތުން ވެސް ކުރިންހުންނެވީ ލަންދޫ މާހާ މުޙައްމަދު ޢަބުދުﷲ އެވެ. އެދުވަސްވަރު އެކި ގޮތްގޮތުން ނަޞީރު އަށް އުދަގޫކޮށް ވެރިކަމުން ދުރުކުރުމަށް ޓަކައި އޭރުގެ އެޓޯލްސް މިނިސްޓަރ ވަހިއްދީން ގެ އަރިއަހަށްވެސް އެންމެ ގިނަޢަދަދަކަށް ނަޞީރާއި ބެހޭގޮތުން ޝަކުވާގެބޮޑެތި ޖިޒީތައް އުފުލުމުގެ އެންމެ މުގުލުގައި ވެސް ހުންނެވީ މިދެންނެވި މުޙައްމަދު ޢަބުދުﷲ ކަމަށް ލަންދޫ ގެ ވަރަށް ގިނަރައްޔިތުން ބުނަމުންދެއެވެ.
ކޮންމެއަކަސް މިއަދު މިފެންނަނީ އެކޮޅުމިކޮޅުން ޖެހިފައިވާ ކަހަލަ މަންޒަރެކެވެ. ލަންދޫއިންފޯއަށް ލިބިފައިވާ އެވާ ފޮޓޯ ތަކުގައި އެވާފަަދައިން ، މުޙައްމަދު ޢަބުދުﷲ ލަންދުއަށް އަންނަ ޚަބަރު ލަންދޫކަތީބު ނަޞީރުއަށް ތާއީދު ކުރާ ފަރާތްތަކަށް ލިބުމާއި ގުޅިގެން ޖެޓީއާއި ވައްްގެ ތައްޔާރު ކުރުމުގެ މަސައްކަތް ވަރަށްފޯރީއާއި އެކު ދިޔައީ ކުރެވެމުންނެވެ. ކުދިން ޚިތާނު ކުރާއިރު ދަމާވައްތަރުގެ މާފަތިތަކުން ނާއި ތަފާތު ވައްތަރުގެ މާމެލާ މެލިން ވައްގެ އާއި ޖެޓީ ޒީނަތްތެރި ކުރެވެމުން ދިޔައި ބަޔަކު ހައިރާންވާހާ މަތީފެންވަރަކަށެވެ. މިޒަމާނުގައި ސަރުކާރުގެ މިނިސްޓަރަކު ރާއްޖެތެރޭގެ ރަށަކަށް ވަޑައިގެންނެވިއަސް މިފަދައަކުން ތައްޔާރު ކުރެއެކޭ އަޅުގަނޑަކަށް ނުދެންނެވޭނެއެވެ. މިދިޔަ އަހަރު އެޓޯލްސް މިނިސްޓަރ ވަހިއްދީން ލަންދުއަށް ވަޑައިގެންނެވި ދުވަހުވެސް ޒީނަތްތެރި ކުރުމުގެ ގޮތުްން ނުވަތަ މަރުޙަބާ ކިޔުމުގެގޮތުން އެއްވެސް ކަމެއް ކުރިއެކޭ ނުދެންނެވޭނެއެވެ. އެދުވަހު މުޅިރަށުގައި ޚާއްޞަކޮށް އަތިރިމަތީގައި އެއްއަޑަކަށް ގުގުމާލައިފާ ހުރީ ނަޞީރުގެ އިސްތިއުފާއަށް އެދި ގޮވަމުން ދިޔަ އަޑެވެ. ކޮންމެ މީހަކު އަތުގައި އޮންނަނީ ނަޞީރުއާއި އިދިކޮޅު ޢިބާރާތްތައް ލިޔެފައިވާ ބުރިސިލްބޯޑެކެވެ. ނުވަތަ އެފަދަ އެހެންވެސް ބެނާ އެކެވެ. ބޮލުގައި ނުވަތަ އަތުގައި އައްސާލެވިފައި ވަނީ ރަތް ކުލައިގެ ފޮތި ކޮޅެކެވެ.
މުޙައްމަދު ޢަބުދުﷲ އާއި އޭނައިގެ ބައިވެރިން ޖެޓީއަށް ފޭބެންނެވުމާއި އެކު ކޮންމެ ބޭފުޅަކަށްވެސް މަރުޙަބާ ކިޔުމުގެ ގޮތުން މާބޮނޑިއެއް އެރުވުނެވެ. އަދި ވައްގެއާއި ހިސާބުން ދަނބުރުކު ކުރުބަލުން ވެލްކަމް ޑްރިންކް ފޯރުކޮށްލެވުނެވެ.
މުހައްމަދު ޢަބުދުﷲ އާއި އޭނައިގެ ބައިވެރިން ނަށް މަރުޙަބާ ކިޔުމަށް ތައްޔާރު ވަމުންދިޔަ ލަންދޫކަތީބު ނަޞީރު އަށް ތާއީދު ކުރާ ފަރާތް ތަކުން އޮޅިގެންނަމަވެސް އެދުވަހު ކުރި އެންމެ ހެއްވާ، ލަދުގަނަންޖެހޭ، ފެންވަރުދަށް ކަމަކީ ލަންދޫގެ ފަޚުރެއްކަމުގައި މިހާރު ވެސް ގިނަބަޔަކު ޤަބޫލްކުރާ ، ލަންދޫގެ މޫނުމަތި ފަޅުފިލުވާދޭ އަދި ރަށަށް އަރާ ސަފަރުވެރިންނާއި ، ޢިއްޒަތްތެރިން ނަށް އެންމެފުރަތަމަވެސް ބައްދަލުކުރާ 400 ފޫޓް ދިގު ބޮޑުޖެޓީގެ އެކި ހިސާބު ތަކުގައި އިނގިރޭސިބަހަށް ނިސްބަތްވާ ޢިބާރާތެއް ރޯ ނުބައިކޮށް ސްޕްރޭކޮށްގެން ލިޔުނުކަމެވެ. މިފަދަ ޒަމާނެއްގައި ބަޔަކު ނިދާފަ ތިބެގެން ވެސް މިވަރުގެ ސިމްޕަލް އެއްޗެއް ރޯ ނުބައިކޮށް ލިޔުނު އަޑު އަދި އަޅުގަނޑު ނާހަމެވެ. އިނގިރޭސި ބަހުގެ އެކި އެކި ޑިކްޝަނަރީ ތައް ހޯދާ ހޯދާ ވަރުބަލިވެއްޖެއެވެ. ޖެޓީ މަތީގައި ލިޔެފައިވާ ޢިބާރާތް ނުވަތަ އެ ބަސް އަދި އަޅުގަނޑަކަށް ނުފެނެވެ. އަޅުގަނޑަށް މިބެލެނީ އަދި މުޅިން ރަނގަޅަށް ނޫންކަމަށް ވެސް ވެދާނެއެވެ. އެހެންކަމަށް ވާނަމަ މާފަށް އެދެމެވެ.އަޅުގަނޑުގެ އިލްތިމާސަކީ ދެންފަހަރަކުންވެސް މިފަދަ ލިޔުމެއް ތަނެއްގައި ލިޔެ ހަރުކޮށް ހަދާނަމަ ކޮންމެވެސް ވަރަކަށް ވިސްނާލައި އެންމެ ކުޑަމިނުން ސްޕެލިންގ ރަނަގަޅުތޯ ، އެވަރު ދަންނަ މީހަކު ކައިރީ އަހާލުމަކީ ދެރަކަމެއް ކަމުގައި ނުދެކުމެވެ. އަދި މިހާތަނަށް އެފަދަ ލިޔުމެއް ލިޔެވިފައިވާނަމަ އަވަހަށް ގިނަބަޔަކަށް ނުފެންނަނީސް ކުރިންވެސް ފޮހުނު ފަދައިން އެހެންކުލައެއްގެ ދަވާދުން ސްޕްރޭކޮށްގެން ފިލުވާލުން ވަރަށް ބުއްދިވެރިއެވެ.

No comments:
Post a Comment