photo: mihas
ޒަމާނުއްސުރެ ލަންދުއަކީ އެއްބައިވަންތަ ރައްޔިތަކު ދިރިއުޅޭ ތަރައްޤީގައި އުސްމިންތަކަށް ވާޞިލްވުމަށް ގަދަމަސައްކަތްތަކެއް ކުރަމުން އަންނަ ރަށެށެކެވެ. އެގޮތުން އަތޮޅުގެ އެހެން ބައެރަށްރަށުގެ ނިސްބަތުން ޢުމްރާނީ ތަރައްޤީއާއި، އިޖްތިމާއީ ހޭލުންތެރިކަން ރަގަޅުވެފައިވާކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަމެވެ.
ކޮންމެއަހަރަކު ރަމަޟާން މަހާއި ދިމާކޮށް ރަށުގެ ދެފަރާތުގައި ( ހުޅަނގު ފަރާތާއި އިރުމަތީފަރާތް ) ހެދިފައިވާ ފިނިމައިޒާން ތައް މަރާމާތު ކޮށް ކުލަދަވާދުލައި ޒީނަތްތެރިކުރުމަކީ ލަންދޫރައްޔިތުން ވަރަށް ބޮޑުސަމާލުކަމެއްދީގެން ކޮންމެ އަހަރަކުވެސް ކުރަމުންއަންނަމަސައްކަތެކެވެ. އެގޮތުން މިއަހަރުވެސް މިހާރުމިވަނީ މައިޒާންތައް މަރާމާތު ކޮށް އަދި އިތުރުއެހެން ތަނެއްގައި ފިނިމައިޒާނެއް ހެދުމުގެ މަސައްކަތް ފަށާ ގާތްގަޑަކަށް މަސައްކަތުގެ %90 ނިމިފައެވެ.
ފޮޓޯގައި އެވާ ފިނިމައިޒާނަކީ ނުވަތަ ހޮޅުއަށްޓަކީ މިހާރު ފަޅުކޮންނަސަރަޙައްދުގައި ، އެސަރަޙައްދުގެ ދެކުނުފަރާތުގައި ތައްޔާރު ކުރެވިފައިވާ ތަނެކެވެ. ފަޅުހަދާ ސަރަޙައްދަށް ދާގިނަމީހުން މަޑުކޮށްލާ އަރާމްކޮށްލުމަށް އަދި ވަކިންޚާއްޞަކޮށް ރޯދަމަހު ރޯދަކުރުކޮށްލަށް ގޮސްތިބެލަން މި ފިނިމައިޒާނަކީ ވަރަށް ހިތްގައިމުތަނަކަށް ވެގެންދާނެއެވެ.
މިފަދަ ބޮޑު ކޮންމެމަސައްކަތަކީ ކޮންމެވެސް ބައެއްގެ އިސްނެގުމާއި މަސައްކަތުންނޫނީ ނުކުރެވޭނެ ކަމެއްކަން ކޮންމެބޭފުޅަކުވެސް ދަންނާނެވެ. އަދި މިފަދަކަމެއް ނިންމާލުމަށް ފުދޭވަރެއްގެ ބޮޑުޚަރަދެއްވެސް ހިނގާނެކަމީ ކަށަވަރުކަމެކެވެ. އެހެންކަމުން މިމަސައްކަތާއި ބެހޭގޮތުން އިތުރަށް މަޢުލޫމާތު އޮޅުންފިލުވާލުމަށް މިމަސައްކަތުގައި އުޅުއްވި ދެމީހަކާއި އަޅުގަނޑުވާހަކަދައްކާލީމެވެ. އެބޭފުޅުން ހާމަކުރެއްވި ގޮތުގައި މިސަރަޙައްދުގައި ހޮޅުއަށްޓެއް ހެދުމުގެ ޚިޔާލު އުފެދިންގެންއައީ ޖެޓީ ކޮޅުގައި ކުރިންހަދާފައިހުރި ހޮޅުއަށި ހަލާކުވުމާއި ގުޅިގެން ނެވެ.
ކޮންމެއަކަސް މަސައްކަތް ކުރާތަނަށް ގޮސްބަލާލުމުން ފެނުނީ މިމަސައްކަތުގައި އެންމެއިސްކޮށްއުޅުއްވަނީ ކުރިން އެ ހޮޅުއަށި ހެދުމުގައި ވެސް އެންމެއިސްކޮށް އުޅުއްވި ބޭފުޅުންކަމުގައިވާ މަހަމޫދުބެ އާއި އަބުދުއްރަޙްމާންބެ ، ޖަމާލު ، ބޮޑުބެސައިދު އަދި މުރިނގު ޚާލިދެވެ. މިނޫންނަސް މިސައްކަތުގައި ހައެއްކަ އަށެއްކަމީހުން އެކިގޮތްގޮތުން އެހީތެރިވެދީ މަސައްކަތް ކޮށްދެމުން އަންނަކަން އެނގިފައިވެއެވެ.
މިމަސައްކަތަށް ބޭނުންވާ ޚަރަދު ހޯދަނީ ކިހިނެއްތޯ އަހާލުމުން ލަންދޫ ގުލްދަމުގެ ޢުމަރުމޫސާ ބުނުއްވީ ތަންރޭނުމަށްބޭނުންވާ ސިމެންތި ދިނީ އެމް ޓީ ޓީ ސީ އިންކަމަށެވެ. އަދި ފުރާޅުގެ ޓިނު ދެއްވީ ރަށުއޮފީހުންކަމުގައެވެ. ދެން އެތަނުގައި ހަދާފާވާ ހޮޅުއަށްޓާއި ފުރާޅުހެދުމަށް ބޭނުންވާ ރުއްކެނޑީ ރައްޔިތުންގެ ރުއްގަހެވެ.
އަޅުގަނޑަށްމަޢުލޫމާތު ލިބިފައިވާގޮތުންގައި މިތަނަށް އެކިއެކި ތަކެތި ގަތުމަށް ފައިސާހޯދުމަށް ބުރުމާ ޤާސިމް އަރިހަށްވެސް ސިޓީއެއްފޮނުވާފައިވެއެވެ. އަދި މިސިޓީގެ ޖަވާބުގައި ، ރަށްކުރިއަރުވާ ކޮމިޓީ މެދުވެރިވެގެން އެހީހޯދަން އަތުވެއްޖެނަމަ -/15000 ރ. ދެއްވާނެކަމަށް ޤާސިމް ވިދާޅުވެފައިވާ ކަމަށް ، މިސިޓީހިފައިގެން ޤާސިމާއި ބައްދަލުކުރުމަށް ދިޔަ ލަންދޫ ގުލިސްތާނުގެ ޢަލީ އާދަމް އަޅުގަނޑު ގާތުބުނުއްވިއެވެ. މިތަންނިމޭއިރު ކޭބަލްޓީވީ ލެވިފައި ހުންނާނެކަމަށާއި ، މިކަމަށް ބޭނުންވާ ޓީވީ އާއި ކޭބަލް ދެއްވަނީވެސް ލަންދޫރައްޔިތުންނަށް ހެޔޮއެދޭ އަމިއްލަ ފަރާތްތަކުން ކަމަށް ވެސް އަޅުގަނޑަށް މަޢުލޫމާތުލިބިފައިވެއެވެ.
No comments:
Post a Comment