Email: moosa.goma@yahoo.com
ލިޔުނީ : މޫސާ ހުސެއިން ( މިހާސް ) ސ
ލަންދޫގެ ތާރީޙްގައި ފުރަތަމަ ފަހަރަށް ފަތުރުވެރިންނަށް ޚާއްޞަ ކުރެވިގެން ބަދެވުނު ދޯނި
މިއަދުގެ 2:30 ވަނީ މޫދަށް ބާލާފައެވެ.
ލަންދޫގެ މަޝްހޫރު ވިޔަފާރިވެރިޔާ ނ.ލަންދޫ މުރިނގު އަލްފާޟިލް ޚާލިދު އަބޫބަކުރު
ގާތްގަޑަކަށް ހަލައްކަ ރުފިޔާ ޚަރަދު ކުރައްވައިގެން ބަދެ ނިންމާފައިވާ މިދޯނި ބޭލުމުގައި ރަށުގެ އެންމެހައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާ ކަމުގައި މިދޯނި ބޭލުމުގައި އިސްކޮށް ހަރަކާތްތެރިވެލެއްވި މުޙައްމަދު އަޙްމަދު ލަންދޫ އިންފޯއަށް މަޢުލޫމާތު ދެއްވިއެވެ.
މުޅިން އާ އިންޖީނެއް އެޅި، އެންމެ ޒަމާނީ ފެންވަރަށް ތައްޔާރު ކުރެވިފައިވާ މި ދޯނީގެ
ވަޑާމުގެ ހުރިހާ ކަމެއް ކޮށްފައިވަނީ ކެދިކޮޅުގައި މިހާރު ދިރިއުޅެމުން ގެންދާ ނ. މާފަރަށް އުފަން ޢަބުދުލްޤަނީގެ މާވަޑިކަމުގެ ދަށުން އޭނާގެ ގްރޫޕުންނެވެ.
އަޅުގަނޑަށް މުޢުތަބަރު ފަރާތަކުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިދޯނި ބޭލުމަށްފަހު
މާލެއަށް ދަތުރެއްކޮށްލުމަށްފަހު ރިސޯޓަކާއި މިދޯނި ހަވާލު ކުރެވޭނެއެވެ.
މިއީ ފަތުރުވެރިންނަށް އަމާޒު ކުރެވިގެން ، މިފެންވަރުގައި ދޯންޔެއް މިފަސްގަޑުގައި ބަދެވުނު ފުރަތަމަ ފަހަރެވެ. މިފުރުޞަތުގައި ލަންދޫ އިންފޯ ޓީމުގެ ފަރާތުން މި ދޯނީގެ ވެރިޔާ އަލްފާޟިލް ޚާލިދު އަބޫބަކުރަށް ވަރަށް ހޫނު މަރުޙަބާއެއް ކިއަމެވެ.
No comments:
Post a Comment