ސަރުކާރުންހަމަޖައްސަވާފައިވާބޮޑުމިނުގައި ފަޅުކޮނެނިންމާލުމަށްލަންދޫރައްޔިތުންއެއްބަސްވެއްޖެ!ސ
ލިޔުނީ : އަޙްމަދު ދާއޫދު
ލަންދޫގައި ސަރުކާރުން މިހާރުހައްދަވައިދެމުންގެންދަވާ 200 ފޫޓް 300 ފޫޓް ބޮޑުމިނުގެ ފަޅު މިހާރުވެސް ހައްދަވައިދެއްވުމަށް ސަރުކާރުން ނިންމަވާފައިވާ ބޮޑުމިނުގައި ކޮނމާއި މެދު ރައްޔިތުންގެ އެއްވެސް އިޢުތިރާޒެއްނެތް ކަމަށް މިދިޔަ އާދިއްތަދުވަހުގެރޭ 8:45 ގައި ލަންދޫ ރަށުއޮފީހު ގޯތިތެރޭގައި ބޭއްވި ލަންދޫރައްޔިތުންގެ ބައްދަލުވުމަކުން ވަރަށްތަނަވަސް އަޣުލަބިއްޔަތަކުންފާސްކޮށްފިއެވެ.
ރައްޔިތުންބައްދަލުކޮށް ވާހަކަދައްކަވަމުން ލަންދޫކަތީބު ނަޞީރު ވިދާޅުވީ ލަފާފުރުމުގެ ދަތިކަން ފިލުވައިދިނުމުގެ ގޮތުން ކޮނެއްދެއްވާ މިފަޅު ބޮޑުކޮށްދެއްވާތޯ ސަރުކާރުގެ ވަރަށްގިނަ ފަރާތްތަކުގައި ދެންނެވިފައިވާއިރު އެއިންއެއްވެސް ފަރާތަކުން ފަޅުބޮޑުކޮށްދެއްވާނެކަމުގެއެއްވެސް ސިގުނަލެއް ލިބިފައިނުވާކަމަށެވެ. އަދި މިގޮތަށް ފަޅުކޮނުނަނުދީ ހިފަހައްޓައިގެން ތިބެފިކަމަށްވަންޏާ ، މިހާރު އެކޮނެދެއްވާވަރުގެ ތަންކޮޅެއްވެސް ލަންދޫރައްޔިތުންނަށް ނުލިބި ދިޔުމަކީ ވަރަށް އެކަށީގެންވާ ކަމެއްކަމުގައެވެ.
ކަންއޮތްގޮތް ވަރަށްބޮޑަށް ތަފްޞީލް ކޮށްދެއްވުމަށްފަހު ރިޔާސަތުން ވޯޓަށްއެއްސެވުމުން ގާތްގަޑަކަށް %98 ރައްޔިތުންގެ ވޯޓުން އެގޮތަށް ފާސްވީއެވެ.
ފަޅުގެމައްސަލައިގެ އިތުރުން ދެންމިބައްދަލުވުމުގައި ހުށަހެޅިގެންދިޔައީ ލަންދޫރައްޔިތުންގެ އިންޖީނުގެ ހިންގުމުގައި އިސްކޮށް ރައްޔިތުންގެ ތެރެއިން މީހަކުބަހައްޓައިގެން އިންޖީނުގެ ހިންގަންފެނޭތޯ ރައްޔިތުންގެ ޚިޔލުހޯދުމެވެ. މުސާރަ މަހަކު -/2000 ރ. ދީގެން އިންޖީނުގޭގެ ހުރިހާ ޒިންމާއެއް އުފުލައިގެން އިސްވެރިއެއްގެ ގޮތުން މަސައްކަތް ކޮށްދެއްވާނެ މީހަކު ރައްޔިތުްންގެ ތެރޭގައި ހުރިތޯ ބެލުމަށް ރިޔާސަތުން ނަޞީރު ރައްޔިތުންނާއި ސުވާލުކުރުމުން މިކަމަށް އިސްނެންގެވި ހަމައެކަނީ ބޭފުޅަކީ ލަންދޫ ނާޒް އަލްފާޟިލް ޒަހީނު ޙަސަންއެވެ.
މިކަމާމެދުރައްޔިތުންގެ ވޯޓަކަށް އެއްސެވުމުން ޙާޟިރުވެ ތިއްބެވި 88 ރައްޔިތުންއިއްތިފާޤުވީ މިހާރުވެސް ލަންދޫރައްޔިތުންގެ އިންޖީނުގެ ހިންގަމުން ގެންދާގޮތަށް ލަންދޫއޮފީހުގެ ބެލުމުގެ ދަށުން ހިންގަމުން ގެންދިއުމަށެވ.ެ
މިބައްދަލުވުމުގައި އިންޖީނުގެއިން މަހެއްގެމައްޗަށް އެވްރެޖްކޮށް ހިނގާޚަރަދާއި ލިބޭއާމްދަނީގެ ތަފްޞީލްވެސް ރިޔަސަތުން ރައްޔިތުންނަށް އޮޅުންފިލުވައިދެއްވިއެވެ.
މިރިޕޯޓްއިއްވައިދެއްވަމުން ނަޞީރުވިދާޅުވީ މިހާރު އިންޖީނުގެއިން މަހަކު އެވްރެޖް ކޮށް -/83000 ރ. ވަނީ ގެއްލުންކަމަށެވެ. އަދި މިވާ ގެެއްލުން ފޫބައްދަނީ ސަބްސިޑިޒް ގެ ގޮތުންގައި ލަންދޫރައްޔިތުންނަށް ދެއްވާފައިވާ 5 ލައްކަ ރުފިޔާއިންކަމަށެވ.ެ އަދި އިތުރަށްވިދާޅުވީ މި 5 ލައްކަރުފިޔާއިން މިއަހަރުގެ ކުރިއަށް ބައިގެ އިންޖީނުގެ ގެއްލުން އެއްވެސް ދަތިކަމެއްނެތި ފޫބެއްދޭނެކަމަށެވެ. ލަންދޫރައްޔިތުފިރިހެނުންގެ 88 މީހުން ޙާޟިރުވި މިބައްދަލުވުމުގެރިޔާސަތުގައި ތިއްބެވީ ލަންދޫކަތީބު އަލްފާޟިލް ޙަސަންނަޞީރު އާއި ، ލަންދޫ ގެ ދެމުދިމުންކަމުގައިވާ ޙުސެއިން އާދަމް އަދި ޚާލިދު ޢަބުދުލްހަކީމް އާއި ލަންދޫ އޮފީހުގެ ސެކެރެޓަރީ އަލްފާޟިލް ސަލީމް ޙުސެއިންއެވެ.
No comments:
Post a Comment