ލަންދޫ މަސްޖިލްބަރަކާތުގެ މުދިމް ބަދަލުކުރައްވައިފި
ސ
ލިޔުނީ : އަޙްމަދު ދާއޫދު
ލަންދޫ މަސްޖިދުލް ބަރަކާތުގެ މުދިމް ކަމަށް ލަންދޫ ވިނަރެސް އަލްފާޟިލް އަބުދުއްރަޙީމް ޢަބުދުއްރަހްމާން ހަމަޖައްސަވައިފިކަމުގައި ލަންދޫ އޮފީހުން ލަންދޫ އިންފޯއަށް މަޢުލޫމާތު ދެއްވައިފިއެވެ. މިމަހުގެ 11 ވަނަދުވަހުން ފެށިގެން އަލްފާޟިލް ޢަބުދުއްރަޙީމް ޢަބުދުއްރަހްމާނު އެވަޒީފާއަށް ހަމަޖެހިފައިވީ ކަމުގައިވިޔަސް އޭނާއަށް ރަސްމީކޮށް ވަޒީފާ ހަމަޖެހުނުކަން ލަންދޫއޮފީހުން އެންގެވީ މިއަދުއެވެ.
އަލްފާޟިލް ޢަބުދުއްރަހީމް އަބުދުއްރަޙްމާނާއި އެކު މިވަޒީފާއަށް 3 ފަރާތަކުން ކުރިމަތިލެއްވިއެވެ. އަނެއް ދެފަރާތަކީ ލަންދޫ މޫރިތި އަލްފާޟިލް އަޙްމަދު ޝާމިލް އާއި ، ލަންދޫ ބަހާރުގޭ އަލްފާޟިލް މުޙައްމަދު މޫސާއެވެ. މިތިންބޭފުޅުންނަކީ ވެސް މުދިމް ކަމުގެ ކޯސް ނުހައްދަވާ ތިއްބެވި ތިންބޭފުޅުން ކަމަށްވާއިރު އަދި މީގެ ތެރެއިން އަޙްމަދު ޝާމިލް އަކީ ގްރޭޑް 10 ނިންމާ އެސްއެސްސީ އިމްތިހާންގައި ދިވެހި އިސްލާމުން ފާސްވެފައިވާ ޢުމުރުން ވަރަށް ޅަބޭފުޅަކަށްވާއިރު މިވަޒީފާއަށް ހަމަޖެހުނު އަލްފާޟިލް ޢަބުދުއްރަޙީމް ޢަބުދުއްރަޙްމާނަކީ މިވަޒީފާއަށް ކުރިމަތިލީ ބޭފުޅުންގެ ތެރެއިން އެންމެއެކަށީގެންވާ ބޭފުޅާ ބާއޭ ސުވާލުއުފެދެއެވެ. އަދި މިއީ ރަށުތެރޭގައި ދޭދޭ ދެމީހުންގެ މެދުގަޔާއި ހޮޅުއަށިތަކުގައި ެ ފުޅާދާއިރާއެއްގައި ފުދޭ ވަރަކަށް ބަހްޡް ކުރެވެމުންދާ މައްސަލައެކެވެ.
މިވަޒީފާއަށް އަލްފާޟިލް ޢަބުދުއްރަޙީމް ޢަބުދުއްރަޙްމާން މިހަމަޖެއްސެވީ ކޮންހައިސިއްޔަތަކުން ބައްލަވާފަތޯ ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން ލަންދޫ ކުޑަކަތީބު އަލްފާޟިލް ޢަބުދުއްނާޞިރު ޢަލީ ވިދާޅުވީ ވަޒީފާ ތައް ހަމަޖައްސަވަނީ އެބޭފުޅުން ނޫންކަމާއި އެބޭފުޅުން ހަމައެކަނި ކުރެއްވި ކަމަކީ ކުރިމަތިލެއްވި ތިންބޭފުޅުންގެ ޤުރުއާން ކިޔެވުން ރެކޯޑުކޮށްފާ މަތީ މަޖްލީހަށް ފޮނުއްވެވީ އެވެ. އަދި މަތީމަޖްލީހުން ތިންބޭފުޅުންގެ ޤުރުއާން ކިޔެވުން ބައްލަވާފާ އެވަޒީފާ އަލްފާޟިލް ޢަބުދުއްރަޙީމް ޢަބުދުއްރަޙްމާނަށް ހަމަޖެއްސެވީ ކަމުގައި ވެދާނެކަމަށް ކުޑަކަތީބު އިތުރަށް ވިދާޅުވިއެވެ.
ޢުމުރުން 50 އަހަރާ ގާތްކޮށްފައިވާ އަލްފާޟިލް ޢަބުދުއްރަހީމް ޢަބުދުއްރަޙްމާނަށް މިވަޒީފާ ސިވިލްސަރވިސް ކޮމިޝަނުން މިހަޖެއްސެވީ ވަޒީފާއަށް ކުރިމަތިލީބޭފުޅުންގެ ތެރެއިން އެކަމަށް އެންމެއަކަށީގެންވާ ބޭފުޅާކަމަށް އެބޭފުޅާވާތީ ކަމާމެދަކު ލަންދޫއިންފޯއަކުން ޝައްކެއްނުކުރަމެވެ. ސަބަބަކީ އަލްފާޟިލް ޢަބުދުއްރަޙީމް ޢަބުދުއްރަޙްމާނަކީ އެބޭފުޅާގެ ޢުމުރުގެ ވަރަށް ޅައިރުއްސުރެވެސް ދީނީކަންކަމަށް ލޯބިކުރައްވާ ބަރާބަރަށް ނަމާދުކުރައްވާ ޤުރުއާން ކިޔަވާ އަދި މަޢުލޫދު ކިޔުން ، ދުޢާބުނުން ، ޛިކުރު ކިޔުން ފަދަ ކަންކަމުގައި ރަށުގައި އުޅުއްވި ބޭފުޅުންގެ ތެރެއިން ނަން މަޝްހޫރުބޭފުޅެކެވެ.
އަލްފާޟިލް ޢަބުދުއްރަޙީމް ޢަބުދުއްރަޙްމާނަކީ ސިމެންތީގެ ހުރިހާމަސައްކަތެއް ވަރަށް ރަގަޅުފެންވަރެއްގައި ކުރައްވަން ދެނެލައްވާ އަދި ދިރިއުޅުއްވުމުގައި އާމްދަނީ ހޯދުމަށް މަސައްކަތެއްގެ ގޮތުން މިހާރުވެސް އެމަސައްކަތްތައް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ތުނބުޅިދިގުކޮށްފާ ބެހެއްޓުމަކީ ރަސޫލާގެ ސުންނަތެއްކަމަށްވާތީ ހުރިހާ މުސްލިމުފިރިހެނުންވެސް ތުބުޅިދިގުކުރަންޖެހޭނެކަމަށް ވަރަށް ގަދައަށް ބުނުއްވާ ދާދިފަހަކުން ، ތުނބުޅިދިގުކުރެއްވުމަށް ފަހު މިހާރު އަނެއްކާ ވަރަށް ތުނިތުނިކޮށް ތުނބުޅިކޮއްޓަވާލައްވައިގެން އުޅުއްވާ އަލްފާޟިލް ޢަބުދުއްރަހީމަކީ ރަށުގެ ވަރަށް ގިނަބައެއްގެ ތާއީދާއި ލޯބި ޙާސިލް ކުރައްވާ ފައިވާ ބޭފުޅެކެވެ. މިހާތަނާ ޖެހެންދެން ލަންދޫމަސްޖިދުލް ބަރަކާތުގެ މުދިމްކަމުގައި ހުންނެވީ ލަންދޫ ވީވަރު އަލްފާޟިލް ޚާލިދު ޢަބުދުލް ޙަކީމެވެ. ސިވިލްސަރވިސް ގެ ފަހުގެ ޤަވާއިދުގެދަށުން ޢުމުރުން 65 އަހަރު ވެގެން ޚާލިދު ޢަބުދުލް ޙަކީމް ވަޒީފާއިން ވަކިކުރެއްވީކަމުގައި ލަންދޫ އިންފޯއަށް މަޢުލޫމާތު ލިބިފައިވެއެވެ.

No comments:
Post a Comment