އެމް ، ޑީ، ޕީ އިން ކުރިސަރވޭގެ ނަތީޖާ
ލިޔުނީ : މޫސާ ޙުސެއިން / މިހާސް
ފުރަތަމަ ފަހަރަށް މަލްޓިޕާޓީ އިންތިޚާބަށް ލަންދޫގެ ރައްޔިތުންވެސް އަންނަނީ ތައްޔާރުވަމުންނެވެ. މިގޮތުން އެންމެ ބޮޑަށް ފާހަގަވެގެންދަނީ މިރިޔަސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް އިޢުލާންކުރައްވާފައިވާ ގިނަކެނޑިޑޭޓުންތަކެއް މިރަށަށް ވަޑައިގެން އެބޭފުޅުންގެ ވެރިކަމެއްގައި ގެންގުޅުއްވާނެ ސިޔާސަތު ހާމަކުރައްވާފައިވާ ކަމެވެ. މިގޮތުން މިރަށަށް ވަޑައިގެންނެވި ކެނޑިޑޭޓުންތަކުގެ ތެރޭގައި އައިޑީޕީގެ ރިޔާސީ ކެނޑިޑޭޓު ޢުމަރުނަޞީރު، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނަޝީދު ( އަންނި ) ، އަދި އަމިއްލަގޮތުން ކުރިމަތިލައްވައިގެންއުޅުއްވާ ރިޔާސީ ކެނޑިޑޭޓް ޙަސަން ސަޢީދު ހިމެނިލައްވައެވެ.ދެންމިރޭހުގައި ވާދަކުރައްވާނެކަމަށް އިޢިލާންކުރައްވާފައިވާ 4 ބޭފުޅުންގެ ތެރެއިން އިދުހަމް މުއިއްޒު އަދުނާން އާއި އިބްރާ ފިޔަވާ އެހެންހުރިހާ ބޭފުޅުންގެ ފަރާތުން ތަފާތުފެންވަރުގެ ވަފުދުތައް ރަށަށް ޒިޔާރަތްކުރައްވާ އެބޭފުޅުންގެ ސިޔަސަތުތައްވަނީ ހާމަކުރައްވާފައެވެ.
މިކަންތައްކާއި ގުޅިގެން ރައްޔިތުންގެ މެދުގައި މިއިންތިޚާބާއިމެދު ހޭލުންތެރިކަންވަނީ ކޮންމެވެސް ވަރަކަށް އުފެދެންފަށާފައި ކަމަށް ދަންނަވަން ޖެހެއެވެ. މިއިންތިޚާބާއި ގުޅޭގޮތުން މިރަށުގައި އަދި މިހާތަނަށް ކުރެވިފައިވަނީ ހަމައެންމެ ސަރވޭއެކެވެ.
އެމްޑީޕީ އިން އިސްނަގައިގެން ކުރެވުނު މިސަރވޭ ކުރުމުގައި ބައިވެރިވެލެއްވީ ނ.ލަންދޫ ބުލޫހެވަން އަލްފާޟިލް މުފީދު ޙުސެއިންއާއި، ލަވްސައިޑް އަލްފާޟިލް ޙަސަން ޢަބުދުލްހަކީމާއި، އަކިރި އަލްފާޟިލް ވަލީދު އާދަމާއި، ފޭރުގަސްދޮށުގޭ އަލްފާޟިލް ޢައްބާސް ޢަބުދުﷲ އެވެ.
ޢައްބާސް ޢަބުދުﷲ ލަންދޫ އިންފޯއަށް މަޢުލޫމާތު ދެއްވިގޮތުގައި ރަށުގެ ހުރިހާ ގެއަކަށް ގޮސްގެން ކުރެވުނު މިސަރވޭގެ ނަތީޖާދައްކާގޮތުން ގާތްގަޑަކަށް މިރަށުގެ %85 މީހުން ވޯޓްލާނީ އެމްޑީޕިގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނަޝީދު ( އަންނި ) އަށް ކަމުގައި ބުނެފައިވާކަމަށެވެ. %10 މީހުން ވޯޓްލާނެ ވަކިމީހެއް ކަނަޑައެޅިގެން ނުނިންމާއިރު %5 މީހުން ޑީއާރުޕީގެ ރިޔާސީ ކެނޑިޑޭޓް އަލްއުސްތާޛް މަޢުމޫން ޢަބުދުލްޤައްޔޫމަށް ވޯޓްދޭނެކަމަށް ބުނެފައިވާ ކަމަށެވެ.
މިއީ ގާތްގަޑަކަށް މީގެ 2 ހަފްތާއެއްހާ ދުވަސްކުރިން އެބޭފުޅުން ހައްދަވާފައިވާ ސަރވޭއެއްގެ ނަތީޖާއެވ.ެ
No comments:
Post a Comment