އޮބްޒާވަރުންނާއި ، ރިޕޯޓަރުން އިތުރުވެއްޖެ
ލިޔުނީ : އަޙްމަދު ދާއަޫދު
ރިޔާސީއިންތިޚާބުގެ ފުރަތަމަ ބުރުގައި ލަންދޫ ވޯޓްފޮށި ކައިރީގައި ޙަރަކާތްތެރި ވެލެއްވި އޮބްޒާވަރުންނާއި ރިޕޯޓަރުންގެ އިތުރުން ދެވަނަބުރުގައި ވޯޓްފޮށިކައިރީގައި ޙަރަކާތްތެރި ވެލައްވާ ބޭފުޅުން އިތުރުވެއްޖެކަމަށް މަޢުލޫމާތު ލިބިއްޖެއެވެ. އެގޮތުން މިފަހަރު ވޯޓްފޮށި ކައިރީގައި ޙަރަކާތްތެރިވެލައްވާނެކަމަށް އެނގިފައިވާ ބޭފުޅުންނާއި އެބޭފުޅުންގެ ހައިސިއްޔަތު ތިރީގައި އެވަނީއެވެ.
ނަމްބަރު | ނަމާއި އެޑްރެސް | ހައިސިއްޔަތު |
1 | އަޙްމަދު ފައިސަލް އެވަރގްރީން / ޅ.ހިންނަވަރު | ޖުމްހޫރީޕާޓީގެ ފަރާތުން ( އޮބްޒާވަރ ) |
2 | ޢައްބާސް އިބްރާހީމް ބޮންތި / ލަންދޫ | ޖުމްހޫރީޕާޓީގެ ފަރާތުން ( އޮބްޒާވަރ ) |
3 | އާދަމް މޫސާ ރިހިވެލި / ލަންދޫ | ޤައުމީ އިއްތިހާދުގެ ފަރާތުން ( އޮބްޒާވަރ ) |
4 | ވަލީދު އާދަމް އަކިރި / ލަންދޫ | އެމްޑީޕީގެ ފަރާތުން ( އޮބްޒާވަރ ) |
5 | ޢައްބާސް ޢަބުދުﷲ ފޭރުގަސްދޮށުގެ / ލަންދޫ | އެމްޑީޕީގެ ފަރާތުން ( އޮބްޒާވަރ ) |
6 | ޒަހީނު ޙަސަން އަޅިވިލާގެ / ލަންދޫ | ޑީއާރުޕީގެ ފަރާތުން ( އޮބްޒާވަރ ) |
7 | އަޙްމަދު ޙަސަން ނޫހިރި / ލަންދޫ | ޑީއާރުޕީގެ ފަރާތުން ( އޮބްޒާވަރ ) |
8 | ޢަބުދުއްރަހްމާން މުޙައްމަދު މޫރިތި / ލަންދޫ | ހަމަރޯޅި ފަރާތުން ( މޮނިޓަރކުރުން ) |
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް އޮބްޒާވަރުންގެ ގޮތުގައި ބޭފުޅުން ޙަރަކާތްތެރި ވެލެއްވިނަމަވެސް އެއްވެސް ނޫސްވެރިއަކު ފެނިފައެއްނުވެއެވެ. ނަމަވެސް މިފަހަރު ( ދެވަނަބުރުގައި ) ފުރަތަމަ ފަހަރަށް ނޫސްވެރިއެއްގެ ގޮތުން ޙަރަކާތްތެރި ވެ ލައްވަނީ ހަމަރޯޅި ނޫހުގެ ފަރާތުން ސީދާ މިރަށުގެ ބޭފުޅެއްކަން އުފަލާއި އެކު ފާހަގަކޮށްލަން ޖެހެއެވެ.
އަލްފާޟިލް ޢަބުދުއްރަޙްމާން މުޙައްމަދު މޫރިތި ނ.ލަންދޫ ، ރިޕޯޓަރެއްގެ ހައިސިއްޔަތުން ބައިވެރިވެލައްވާއިރު ނޫސްވެރިކަމުގެ ދާއިރާގައި މިބޭފުޅާގެ ހުނަރުވެރިކަމާއި ޤާބިލްކަންހުރިމިންވަރާއިމެދު ހަމަގައިމުވެސް ލަންދޫ ރައްޔިތުންގެ މެދުގައި ސުވާލު އުފެދޭނެއެވެ. ކޮންމެއަކަށް މިއީ އަޅުގަނޑުމެން ވިސްނަން ޖެހޭ މައްސަލައެއްކަމަކަށް އަޅުގަނޑު ނުދެކެމެވެ. ވިސްްނަންވީ މީހާއަކަށް ނޫނެވެ. މީހާ ކުރާ ނުވަތަ ކުރާނެ މަސައްކަތަކަށެވެ.
No comments:
Post a Comment